ފަހިމަގު
Sunday, April 12, 2015
Saturday, April 11, 2015
އަދަބީބަސް
ތިރީގައިވާ ބައިތުތަކުގައިވާ އަދަބީބަސް ފާހަގަ ކުރާށެވެ.
1. އެދުމަކައިގެން ނުކެރިފައި ހުރުމުން އެކަން ނުވެވޭނެޔޭ
ތަދު ފިލާނޭބާ ލަދާ ހުރެ
ހަމަ ހިލާ ނުފިލާނެޔޭ
2. އެކުވެރިން ވިޔަޔާ ނުދާ ހޯދައިފި ނަމައީ ދެރައެކޭ
ދެކިބަލާށޭ އަހިވަކާޖެހި އަހިވަކެއް ފާވާނެޔޭ
Tuesday, April 7, 2015
ކުޑަކުދިންގެ ކިބައިގައި ފޮތްކިއުމުގެ ޝައުގު އުފައްދާނީ ކިހިނެއް؟
ކުޑަކުދިންގެ ކިބައިގައި ފޮތްކިއުމުގެ ޝައުގު އުފައްދާނީ ކިހިނެއް؟
ކުޑަކުދިން ފޮތް ކިއުމަށް ޝައުގުވެރި ކުރުވުމަކީ
ފަސޭހަ ކަމެއް ހެއްޔެވެ؟ ގިނަ ކުދިންނަކީ މިޒާޖުގައި ވެސް މަޖާ ކުރުމުގެ
ޝައުގު ހުންނަ ކުދިންނެވެ. ބައެއް ކުދިންނަކީ ވަރަށް ތުއްތު
އިރުއްސުރެ ވެސް ފޮތަށް ޝައުގު ހުންނަ
ކުދިންނެވެ. އަނެއްބައި ކުދިންނަށް ފޮތް ކިއުމުގެ އާދަ ހަރުލައްވަން ގިނަ
މަސައްކަތްތަކެއް ކުރަން ޖެހެ އެވެ
Sunday, April 5, 2015
1- މަޒުމޫނު / ރިޕޯޓް
ތިރީގައިވާ ދެ ސުވާލުގެ ތެރެއިން (ހ) އަށް ނުވަތަ (ށ) އަށް ޖަވާބު ދޭށެވެ.
ޖަވާބުގެ ދިގުމިނަކީ 50 ފޮޅުވަތާއި 60 ފޮޅުވަތާ ދެމެދެވެ. (މަޒުމޫނު ނުވަތަ
ރިޕޯޓުގެ މައިގަނޑު ނަން ލިޔަންވާނެއެވެ.)
(25 މާކުސް)
ވިސްނިއްޖެއެވެ.
މިއަދު އަހަރެންނަކީ ކޮންފަދަ
ނަސީބުވެރި މީހެއް ހެއްޔެވެ؟ އަހަރެން މިއަދު މިވަނީ އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައެވެ.
އަހަރެންނަށް ވުރެ ނަސީބު ގަދަ މީހެއް މިދުނިޔޭގައި ހުންނާނެ ކަމަކަށް އަހަރެންގެ ހިތެއް
ގަބޫލެއް ނުކުރެއެވެ. އަހަރެންނަށް މިއަދު މި އުފާވެރިކަން ހޯދައިދިނީ އަހަރެންގެ ލޯބިވާ
މަންމަ އެވެ. މައިވަންތަކަމުގެ ލޯތްބަކީ ދުވަހަކު ފަނޑުވުމެއްނެތް އަލިގަދަ ނޫރެއްކަން
މިއަދު އަހަރެންނަށް ޤަބޫލުކުރެވެއެވެ. އެކަން ޤަބޫލު ނުކުރެވުނު ދުވަސްތަކުގައި އަހަރެން
ގުނަމުން ދިޔައީ ހަޔާތުގެ ކަޅު ސަފްހާތަކެވެ. އެއީ ކޮންފަދަ ހިތާމަވެރި ތަޖުރިބާ ތަކެއްހެއްޔެވެ؟
އަހަރެންގެ އުމުރުން
އެންމެ ތިންއަހަރުގައި އަހަރެންގެ ބައްޕަ މި ފަނާވަނިވި ދުނިޔެއާއި
ވަކިވެއްޖެއެވެ. ބައްޕަ ނިޔާވުމަށްފަހު އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ އަހަރެންގެ
މަންމަ އެވެ. މަންމަގެ ލޯބީގެ އިތުރަށް ބައްޕައެއްގެ ލޯބިވެސް ދީގެންނެވެ. އަހަރެން
މޮޅުމީހަކަށް ހެދުމަށްޓަކައި މަންމަ ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ނުވަނީ ކޮން
ޤުރުބާނީ އެއް ހެއްޔެވެ؟ ފަންގިވިނދެ، ރޯނުވަށާ ގޭގެއަށްގޮސް އުނދުން ހަދައިދީ އަދިވެސް
އެހެނިހެން މަސައްކަތްތައް ކޮށްގެން މަންމަ ހޯދާ ފައިސާކޮޅު ހޭދަކުރީ އަހަރެންގެ
ތަފާތު ބޭނުންތަކަށެވެ. އަހަރެން އުފަލުގައި ބެހެއްޓުމަށެވެ. މަންމަ އެކޮށްދިން ބުރަ
މަސައްކަތް އޭރު އަހަރެންނަށް އިޙްސާސް ކުރެވުނެވެ.
Subscribe to:
Comments (Atom)