ކުޑަކުދިންގެ ކިބައިގައި ފޮތްކިއުމުގެ ޝައުގު އުފައްދާނީ ކިހިނެއް؟
ކުޑަކުދިން ފޮތް ކިއުމަށް ޝައުގުވެރި ކުރުވުމަކީ
ފަސޭހަ ކަމެއް ހެއްޔެވެ؟ ގިނަ ކުދިންނަކީ މިޒާޖުގައި ވެސް މަޖާ ކުރުމުގެ
ޝައުގު ހުންނަ ކުދިންނެވެ. ބައެއް ކުދިންނަކީ ވަރަށް ތުއްތު
އިރުއްސުރެ ވެސް ފޮތަށް ޝައުގު ހުންނަ
ކުދިންނެވެ. އަނެއްބައި ކުދިންނަށް ފޮތް ކިއުމުގެ އާދަ ހަރުލައްވަން ގިނަ
މަސައްކަތްތަކެއް ކުރަން ޖެހެ އެވެ
ކުޑައިރުއްސުރެ ގިނައިން ފޮތް ކިއުމަކީ ކުދިންގެ ވިސްނުން ތަރައްގީވާ ކަމެކެވެ. ނަމަވެސް ގަދަކަމުން ކުދިން ލައްވާ ފޮތް ކިއުއްވުމާއި ކުދިން ކިޔާހިތް ނުވާ ޒާތުގެ ފޮތްތައް ކިއުއްވަން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެކެވެ.
ހަނދާން ކުރަން ޖެހޭ ކަމަކީ ސްކޫލަށް ދާ އުމުރުގެ ގިނަ ކުދިންނަކީ ސްކޫލުން ދޭ ފިލާވަޅުތައް ދަސްކޮށް ހޯމްވޯކް ހަދާ އަދި އެނޫން ވެސް އިތުރު ހަރަކާތްތަކުގައި އުޅެން ޖެހުމުގެ ސަބަބުން މަސައްކަތުގެ ލޯޑު ވަރަށް ބޮޑުވެފައި ތިބޭ ބައެކެވެ. ސްކޫލްގައި ވެސް ފޮތް ކިއުމާއި ލިއުމަކީ އެކުދިން ކުރަން ޖެހޭ ކަންތައް ތަކެވެ. އެހެންކަމުން ގޭގައި ހޭދަކުރާ ވަގުތު އަނެއްކާވެސް އިތުރަށް ކުއްޖާއަށް ފޮތް ކިއަން ޖައްސައިފިނަމަ މާ ބޮޑަށް ބުރަ ވެދާނެ އެވެ. އަދި ފޮތްތަކާ ވީހާވެސް ދުރަކަށް ދުވެފައި ދާން އެކުދިން ބޭނުންވަނީ މި ސަބަބާ ހެދި ކަމަށްވެދާނެއެވެ.
އެހެންކަމުން ކުދިންނަށް މަޖާކޮށް ކުޅެމުން އެއްޗެތި ދަސްކުރެވޭ ކަހަލަ ހަރަކާތްތަކެއް ގޭގައި ރޭވުން ރަނގަޅެވެ. ކުދިން ޝައުގުވެރިވާ ފަދަ ގޮތަކަށް ފޮތް ކިއުމުގެ ކަންތައް ވެސް ހަމަޖައްސައިގެންނެވެ. ފޮތް ކިއުމަށް ކުދިންނަށް ހިތްވަރުދޭން ޖެހެ އެވެ. ނަމަވެސް އެކަން ކުދިންނަށް ޝައުގުވެރި ކަމަކަށް ވެސް ވާން ޖެހެއެވެ.ފޮތްތަކުގައިކުދިންހިތުންރުހުމުންއަތްލާހިތްވާނީއޭރުންނެވެ.
ކުދިންގެ ގައިގައި ފޮތް ކިއުމުގެ ޝައުގު އަށަގެންނެވުމަށް އެކަށީގެންވާ ރަނގަޅު ގޮތަކަށް މަސައްކަތް ނުކުރެވިއްޖެނަމަ ފޮތަކީ ވެސް އެކުދިން ފޫހިވާ އެއްޗަކަށް ވެދާނެ އެވެ. އެހެންކަމަށްވާނަމަ ކުދިން ފޮތަށް ޝައުގުވެރިކުރަންހަދާނީކިހިނެއްހެއްޔެވެ؟ލިޔުންމަދުފޮތްހޯދުންކިތަންމެ ފަރިތަކޮށް ކިޔަސް ދަސްވެފައި ހުއްޓަސް ބޮޑެތި ބޮޑެތި ފޮތް ދަރިފުޅު ކިޔާފާނެ ކަމަށް ހީ ނުކުރާށެވެ. އެންމެ ކުރިން ލިޔުން ވީހާވެސް މަދު ފޮޓޯތައް ގިނަ ފޮތް ކިޔަން ދޭށެވެ. އެކުދިން ޝައުގުވެރިވާ ކަހަލަ ކަންތައްތައް ގިނައިން ހުންނަ ފޮތެވެ.
މާގިނަ ލިޔުން ނެތަސް ބޮޑެތި ރީތި ފޮޓޯތަކަށް ބަލައިގެން ވެސް ކުދިންގެ ހިޔާލީ ދުނިޔޭގައި ތަފާތު ވާހަކަތައް އުފަން ކުރުވަ އެވެ. ހަމައެކަނި އޭގައި ލިޔެފައިވާ އެއްޗެތީގެ އިތުރުން ފޮޓޮއަށް ބަލައިގެން އޭނާގެ އަމިއްލަ ވާހަކައެއްވެސްހިޔާލަށްގެނައުމަކީއެކަށީގެންވާކަމެކެވެ.
ކުދިން ފޮތްކިއުމަށް ލޯބި ޖެހޭނީ ކިހިނެއް ކަންތައް ކުރީމާ ހެއްޔެވެ؟ ބައެއް ކުދިންނަކީ އެއްވެސް މަޖްބޫރުކަމެއް ނެތި ކިޔާ ހިތުން ވަރަށް ދިގުކޮށް ލިޔެފައި ހުންނަ ފޮތް ފޮތް ވެސް ކިޔާ ކުދިންނެވެ. އަދި އެކުދިންގެ ބަސްކޮށާރާއި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ކުރުމުގެ ގޮތުން އަމިއްލައަށް އިސްނަގައިގެން ފޮތް ބަލާ ކުދިންނެވެ. ނަމަވެސް ކުދިން ކިޔާހިތްނުވާ އެއްޗެއް ގަދަކަމުން އެކުދިން ލައްވާ ކިއުއްވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތަށް ކަންތައް ކުރާނަމަ ކުދިން ފޮތް ކިއުން ދެކެ ފޫހިވާން ފަށާނެ އެވެ.
ފުރަތަމަ ފޮތްކިޔަން ފަށައިގަންނަ ކުދިންނަށް އެކުދިން އެންމެ ޝައުގުވެރިވާ އަދި ފޮޓޯ ބަލާހިތްވާ ކަހަލަ ފޮތް ދިނުން ރަނގަޅެވެ. ތަފާތު އެއްޗިއްސަށް ކިޔާ ނަންނަމާއި އިލްމީ ފޮތްތަކަށް ވުރެ ފެއަރީ ޓޭލް ވާހަކަޔާއި ކޮމިކްސްއެއްޗެއްސަށްގިނަކުދިންމާޝައުގުވެރިވާނެއެވެ.
ކުދިންގެ ކިބައިގައި ފޮތް ކިޔުމުގެ ޝައުގު ހަރުލެއްވުމުގެ ގޮތުން ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ކުއްޖާއާ ބައިވެރިވުމެވެ. ކިޔަން ނޭނގޭ އުމުރުގައިވެސް ކުއްޖާ ކައިރީގައި ބައިންދައިގެން ފަހަރަކު ސަފުހާއެއް އެއްލަމުން ވާހަކަ ކިޔައިދޭނަމަ ކުއްޖާ އެކަމަށް ދޭ ސަމާލުކަން އިތުރުވެ ވާހަކަޔަށް ޝައުގުވެރިވާނެ އެވެ.
ގިނަ ކުދިންނަކީ މަންމަ ނުވަތަ ބައްޕަ ކިޔައިދޭ ވާހަކަތައް ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހާ ކުދިންނެވެ. އެހެންކަމުން ވާހަކަ ފޮތް ވެސް ފުރަތަމަކޮޅު ކިޔައިދޭން ފަށައިފިނަމަ ކުއްޖާ އަމިއްލައަށް ވެސް އެ ފޮތް ކިޔޭތޯ މަސައްކަތްކުރާލެއްއިތުރުވާނެއެވެ.