Sunday, April 5, 2015

1-   މަޒުމޫނު / ރިޕޯޓް
ތިރީގައިވާ ދެ ސުވާލުގެ ތެރެއިން (ހ) އަށް ނުވަތަ (ށ) އަށް ޖަވާބު ދޭށެވެ. ޖަވާބުގެ ދިގުމިނަކީ 50 ފޮޅުވަތާއި 60 ފޮޅުވަތާ ދެމެދެވެ. (މަޒުމޫނު ނުވަތަ ރިޕޯޓުގެ މައިގަނޑު ނަން ލިޔަންވާނެއެވެ.)
                                                  (25 މާކުސް)
 
(ހ) މަޒުމޫނު ލިޔުން

·        ތިރީގައިވާ ސުރުޚީތަކުގެ ތެރެއިން ކޮންމެވެސް އެއް ސުރުޚީއަކަށް ނުވަތަ 4 ގައިވާ ޙާލަތަށް މަޒުމޫނެއް ލިޔާށެވެ.
1-    ދިވެހިރާއްޖޭގެ ޞިއްޚީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް.
2-    އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ހިންގަން ލިބިއްޖެނަމަ....
3-    ރާއްޖޭގެ ދަތުރު ފަތުރުކުރުމުގެ ނިޒާމަށް ހެޔޮބަދަލުތަކެއް އައިސްފައި ވެއެވެ.
4-    ދިވެހިންނަކީ އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅުން ބިނާކުރުމަށް ލޯބިކުރާ ބައެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެހެނިހެން ޤައުމުތަކަށް ދިރިއުޅުން ބަދަލުކުރަމުންދާ ދިވެހިން މިއަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިބައިމީހުން ބުނާގޮތުގައި މިހާރު ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަކަށް އެއްވެސް އަމާންކަމެއް ނެތެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި ބޭރު ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް އެ ޤައުމުތަކުގައިވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. މި ދެންނެވި ކަންތައްތަކަށް ވިސްނާލާއިރު ދިވެހިން ދިރިއުޅުމަށް ބޮޑަށް ރަނގަޅީ ރާއްޖޭގައި ހެއްޔެވެ؟ ނުވަތަ ރާއްޖެއިން ބޭރުގައި ހެއްޔެވެ؟

(ށ) ރިޕޯޓް ލިޔުން

ބޭރުމީހުން ސުވަރުގެއެއްގެ ގޮތުގައި ސިފަކުރާ މި ލޮބުވެތި ޤައުމަކީ އަމާންކަމާއި ހިމޭންކަމަށް މަޝްހޫރުވެފައިވާ ޤައުމެކެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ ކޮންމެ ދިމާއަކުން ފެންނަނީ ނާމާންކަމާއި ބިރުވެރިކަމެވެ. ރައްކާތެރި ކަމެއްނެތް މަންޒަރެވެ. ފޭރުމާއި މާރާމާރީއާއި ޖިންސީ ގޯނާކުރުން ފަދަ ނޭއްގާނީ ކަންތައްތައް މިއަދު މިވަނީ މުޖުތަމަޢުގައި އާއްމުވެފައެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި މިފަދަ އިޖުތިމާޢީ މައްސަލަތައް ނުވަތަ ކުށްކުރުން ވަނީ އިތުރު ވެފައެވެ. ޤައުމުގެ އާބާދީގެ ނިސްބަތުން އެއްމެ ގިނައީ ޒުވާނުން  ކަމަށްވާއިރު ޒުވާނުންގެ ތެރޭގައި މިފަދަ ކުށްތައް ކުރުން އާއްމުވެފައި ވުމަކީ ޤައުމުގެ ތަރައްޤީއަށް ކުރިމަތިވެފައިވާގޮންޖެހުމެއް ކަމަށް އިޖުތިމާޢީ ޢިލްމުވެރިން ދެކެއެވެ. ވީމާ، މިއަދު ރާއްޖޭގެ ޒުވާނުން ކުށްކުރުމަށް މެދުވެރިވާ ސަބަބުތަކާއި އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް ރިޕޯޓެއް ލިޔާށެވެ. މި ރިޕޯޓަކީ ''އައިލެންޑް ޔޫތު ޑިވެލޮޕްމަންޓް'' ގެ ފަރާތުން ލިޔާ ރިޕޯޓެއް ކަމުގައި ބަލާށެވެ.
މަޢުލޫމާތު-1

1.     މާލެތެރެ ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދިޔަ ޚައްޞަ އޮޕަރޭޝަނާ ބެހޭގޮތުން ފުލުހުން ދީފައިވާ މަޢުލޫމާތަކާ ގުޅޭ ޚަބަރަކުން ނަގާފައި:  (ހަވީރު އޮންލައިން)

ޚާއްޞަ އޮޕްރޭޝަނެއްގެ ދަށުން ފުލުހުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ޗެކް ޕޮއިންޓްތައް ޤާއިމްކޮށް ވެހިކަލްތައް ބަލައި ފާސްކުރުމާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތަށް މަގުމަތީގައި އެއްޗެހި ދުއްވުމަށް ބާރު އެޅުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ އޮޕްރޭޝަންގެ ދަށުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި އުޅޭ މީހުންނާ ސުވާލުކުރުމާއި ގުރޫޕް ހަދައިގެން މަގުމަތީގައި ޙަރަކާތްތެރިވާ ފަރާތްތައް ހުއްޓުވާ ސުވާލުކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކުށްކުރުން ހުއްޓުވުމަށް ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

2.    ބަނގުރާ ބޯން ތިބި ބަޔަކު މަސްތުވާ ތަކެއްޗާއެކު ކ. މާފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 36 އަހަރުގެ ފިރެހެނަކާއި ޢުމުރުން 19 އަހަރުގެ ދެ ޒުވާނުންނާއި ޢުމުރުން 18 އަހަރުގެ ޒުވާނެއްގެ އިތުރުން ޢުމުރުން 17 އަހަރުގެ ފިރެހެން ކުއްޖެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.   (މޯލްޑިވްސް ޕޮލިސް ވެބްސައިޓްގައިވާ ޚަބަރެއްގެ ތަންކޮޅެއް)

މަޢުލޫމާތު-2
ކުށްކުރުން މަދުކުރުމަށް ރަނގަޅު ނިޒާމެއް ބޭނުންވޭ

ކުށްކުރުން ގިނަވަނީ ވަރަށް ގިނަ ތަފާތު ސަބަބުތަކާ ހެދިއެވެ. އޭގެ ތެރޭގައި ތަރުބިއްޔަތުގެ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ހިމެނެއެވެ. މިއިން ކޮންމެ ކަހަލަ މައްސަލައެއްގެ ޝިކާރައަކަށް ވެގެން ނަމަވެސް ކުށްކުރުން ގިނަވާ ކަމަށްވާނަމަ މުޅި ޤައުމު އެކަމާމެދު ވިސްނަން ޖެހޭނެއެވެ. ވަރަށް ފުންކޮށް އަދި ވަރަށް ސީރިއަސްކަމާ އެކުގައެވެ. ރާއްޖޭގައި ކުށްކުރުން ގިނަވާ ކަމަށް ފުލުހުން ބުނެއެވެ. ކުށަށް އަރައިގަންނަ ޒުވާނުންގެ ޢަދަދު އިތުރުވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މާލޭގައި ދޭތެރެ ދޭތެރެއިން ހިންގާ ގުރޫޕް މާރާމާރީއަކީ އޭގެ ހެކިތަކެވެ. މާލޭގެ އެކި ހިސާބުތަކުގައި ގާއިމްވެފައިވާ ގުރޫޕްތަކުން ހިންގާ ޖަރީމާތަކާ ހެދި ބައެއްފަހަރަށް ހާސްކަމުގެ ތެރެއަށް މާލެ ވެއްޓެއެވެ. އާއްމު ރައްޔިތުން ބިރުގަންނަ މިންވަރަށް އެހާސްކަން ބޮޑުވެސް ވެއެވެ.    (ހަވީރު ޑެއިލީ، 13 ޑިސެމްބަރ 2008)
މަޢުލޫމާތު-3

2008 އިން 2013 އަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅިފައިވާ ތަފާތު ބާވަތްތަކުގެ ކުށުގެ ރިކޯޑު

ހުށައެޅިފައިވާ މައްސަލަތައް
2008
2009
2010
2011
2012
2013
ވައްކަން
3917
4007
4001
4734
6572
6681
ފޭރުން / ޓެކުން
598
591
547
718
972
729
މަސްތުވާ ތަކެތި ބޭނުންކުރުން
2427
2258
1618
1824
2534
3969
ޓްރެފިކް އެކްސިޑެންޓް
3105
2610
2448
2257
1990
1940
ޖިންސީ ގޯނާ
469
654
523
642
577
573
ގެވެށި އަނިޔާ
114
110
84
146
179
207

ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބު
 (ލިޔުންތެރިކަން)                             (15 މާކުސް)
ތިރީގައިވާ ދެ ސުވާލުންކުރެ އެއް ސުވާލަށް ޖަވާބު ދޭށެވެ! ޖަވާބުގެ ދިގުމިނަކީ 20-25 ފޮޅުވަތާއި ދެމެދެވެ.
އޮޓޯބައޮގްރަފީ / ދަތުރުނާމާ
(ހ) އޮޓޯބައޮގްރަފީ
މ. ހަވޭލީގޭ މަރީނާ ޢަލީއަކީ މަސައްކަތްތެރިކަމުގައި ވަރަށް ފާހަގަކޮށްލެވޭ ޒުވާނެކެވެ. މަރީނާގެ ހުނަރު އެއްމެ ފާހަގަ ކުރެވެނީ ކޭކު އެޅުމުގެ ރޮނގުގައެވެ. މި މަސައްކަތުން އުފާވެރި ދިރިއުޅުމެއް ހޯދިއިރު، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީއެއް އޭނާ ވަނީ ހޯދާފައެވެ. ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދާފައިވާ މި ޒުވާނާއަށް ޒުވާނުންގެ ޤައުމީ އިނާމު 2011 ވަނަ އަހަރުވަނީ ލިބިފައެވެ. ތިޔަ ދަރިވަރަކީ މަރީނާ ޢަލީ ކަމަށް ބަލައިގެން އޭނާގެ އޮޓޯބައޮގްރަފީ ލިޔާށެވެ.
(ށ) ދަތުރުނާމާ / ދަތުރުމަތި
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހދ. ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި މާލޭ، ހ. ފުންފަޅު، މުޙައްމަދު ޝާހިދަށް ވަނީ އެއްމެ ޒުވާން ކެޔޮޅުގެ އިނާމު ލިބިފައެވެ. ވީމާ، އިނާމު ލިބިގަތުމަށް އޭނާ އެރަށަށް ކުރި ދަތުރު ނިންމާލާފައި ވައިގެ މަގުން މާލެއަށް އައި އައުމުގައި ހިނގި ހަނދާނުން ނުފިލާފަދަ ކަމެއް ހިމެނޭގޮތަށް އެދަތުރުގެ ދަތުރުމަތި ލިޔާށެވެ.  (މުޙައްމަދު ޝާހިދަކީ ތިޔަ ދަރިވަރު ކަމުގައި ބަލާށެވެ.)