ތިރީގައިވާ ބައިތުތަކުގައިވާ އަދަބީބަސް ފާހަގަ ކުރާށެވެ.
1. އެދުމަކައިގެން ނުކެރިފައި ހުރުމުން އެކަން ނުވެވޭނެޔޭ
ތަދު ފިލާނޭބާ ލަދާ ހުރެ
ހަމަ ހިލާ ނުފިލާނެޔޭ
2. އެކުވެރިން ވިޔަޔާ ނުދާ ހޯދައިފި ނަމައީ ދެރައެކޭ
3. ދަރިފުޅަށް ލިބިފައި ތިމާގައި ހުރިގޮތެއް ހުންނާނެޔޭ
ދަރިވެ އަލަގަހަކުން އެނގޭތޯ ކެޔޮނިރެއް ނުފަޅާނެޔޭ
4. އަޑުނުއިއްވާ ހުންނަ މީހާ ހަގުދޮށިން ސިއްސާލަޔޭ
ތެދުތެދޭ ނުމޮށޭގުރާ
ބާރަށްމެ ދައިގަންނާނެޔޭ
5. ހަމަހިލާ ނުދެވޭނެޔޭ ކެއްސެއް ތިމާއަށް އަނެކަކަށް
ހަމަތެދޭ
ފޭހުނު އިލޮށިގަނޑު ދެލޮލަށް ތިމާގެ ހެރޭނެޔޭ
6. ދަނޑިވަޅެއް ހިތްގައިމު ކަމުގެ އައިނަމަ ފަހުން އުފަލެއް ވެޔޭ
އަޑިގަނޑަށްފަހު
އުސް ގަނޑެއް އަންނާނެކަން ކަށަވަރު ވެޔޭ
7. ލިބުނު ގެއްލުން ދަންނަ ކަމަކުން ފިކުރު ނެތި ފޫ ބައްދަޔޭ
ކުކުޅު ފައި
ދަށުގައިވުމުން ފިޔޮކެއް މަރެއް ނުމެވާނެޔޭ
8. އެއްފަހަރު ދެރައެއް ވުމުން ދެން އެކަމަކަށް ޖެހިލުން ވެޔޭ
އާދެ! ގިނި
ދުއްނަމަ އެމީހެއް ރަތްމަލަށް ބިރުވެތި ވެޔޭ
9. ހުރި މަޤާމުން އަމުރު ނުހިނގާނަމަ އެއީ ދެރައެއް މެޔޭ
ނުވިކި ބަސް
ދިރުނބާ ކޮޅަށް އޮޑިޔަށް އެރީ މޮޔައެއް މެޔޭ
10. ކޮންމެ މީހަކުވެސް އުޅޭ ވަޒަނަށް އެމީހާ ގަދަ ވެޔޭ
އޮންނަ އާދައެކޭމި ރަށުމީދާ ރަށަށް ގަދަވާނެޔޭ
No comments:
Post a Comment