Sunday, April 5, 2015

ދޭހައިގެ ފިލާވަޅެއް ގެންދެވިދާނެ ގޮތެއް


ފުރާވަރު

       ވެހޭއިރު ފެންނަގާށޭ އޭރުން ނަފާ ވާނޭ
                             ފުރާވަރު ވިސްނަމާ ބޭނުން ހިފަން   އޭރުން  އުފާވާނޭ
          ދިރިއުޅެންވީ ރީތިގޮތް ސީދާވެ ހޯދަންވީ ޒުވާނުންނޭ
                             ހަރުދަނާވެވި އެއިސްނަގާށޭ ކުރިމަގަށް ވިސްނާ ޒުވާނުންނޭ
 
          ވަށައިގެން ރޯކުރެއޭ އަލިފާންގަނޑެއް ފުރިހަމަވި ހަނދުވަރުގައި
                             ލަފާފިރި އެއްލިބުން އެދިގެން ކިޔޭ ކިޔެވެލި ތަކެއް ކިޔަވާ
          ލަފާހެޔޮ ރަނގަޅު އިރުވަރުގައި ދެފައި ދޮންވެލި މަތީގަ އަޅާ
                             ލިބާހުގެ ލަންސިމޫ ކަސަބުން ވަށައިލެވެނީ ކަރާ ކަނދުރާ
          ކުރިންވީ ގޮތްތަކާ ބަލަމާ ދަރިންނަށް މިއަދު ވާގިދެމާ
                             އުޖާލާ މާދަމާ  ކުރުމަށް   ޒުވާނުން   ހަރުދަނާ ވެލަމާ
          ވިދާ ދުނިޔޭގެ ބަދަލުވަމުން މުހިއްމޭ ހާދަ ބައިވެރިވުން
                             ބިނާކޮށް ހެޔޮލަފާ  ގޮތްތައް އުޅެންވީ  ރީތި  މަގު ހޯދާ
          ޒަމާނުގެ ފަތްފުށަށް ޅަފުރާ ފުރާވަރުގޮސް ބަލައިލިއްޔާ
                             މިހާ ގިނަ ފުރުޞަތެއް ނެތަތީ ދުރާލާ ކުރިމަގަށް ނުބަލާ
          ފުރާޅު ތޮށަޅި ފަނުން ވިޔެފާ ދެރައިވަރަކުން ހިތާ ވެވިފާ
                             ތިމާ ވެށި ކޮށްޓަކަށް ވެދަނީ މަތިން ފޭރާން ލުމާ އެކުގާ
         އެކީބޮޑުވާ ކުދިންނާ މެދު ދެކޭގޮތް ހިތުތެރޭ އޮއްވާ
                            ހިނގާގޮސް ފައިލޮނުގަ ޖެހިފައި އަރާއިރު އަނތްބަކަށް ވެދެޔޭ
         ބަރާބަރު ތިންގަނޑެތި ދުފުމާ މަލާފަތް ވެދުމަކަށް ލިބެޔޭ
                            ދުރުން ކިޑިކީ އެ މާޒީއަށް  ފަހަށްދެވޭ  ބަލަން  ހުއްޓާ


1.ލަވައަޑުއަހަމުން ތިރީގައިވާ މާނަތަކާ އެންމެ ގުޅޭ ލަފުޒުތައް ލަވައިން ހޯދައިގެން ލިޔާށެވެ.
ހ. ލިބޭތާ ލިބިގަތުން:          
ށ. ފުރާވަރަށް އަރާފައި ތިބޭމީހުން:
ނ. ކުރިއަށް އޮތްތަން:
ރ. އަޙްލާޤް ރަނގަޅު:
ބ. ލަންސިމޫ ގަހުގެމޫ:
ޅ. ފުރިހަމަ އަލި: 
ކ. ޅައުމުރު:     
އ. ޤަބޫލުވުން:   
ވ. ކުޑަދޮރު:     

2. ލަވައަޑުއަހާ ނިންމުމަށް ފަހު ރަނގަޅު ޖުމުލާގައިR ރަނގަޅުނޫން ޖުމުލާގައި Q ޖަހާށެވެ.
ހ. 'ފުރާވަރު' މިލަވަ އަކީ ޒުވާނުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ  މީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ލަވަ އެކެވެ.
ށ. އުޖާލާ ކުރިމަގެއް ހޯދުމަށްޓަކައި ދުރާލާ ތައްޔާރުވެ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މި ލަވާގައި އިރުޝާދު ދީފައިވެ އެވެ.
ނ. އިހުގެ ފަތްފުށްތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ ޒުވާނުންނަށް ވަރަށް ގިނަ ފުރުޞަތުތައް ފަހިވެފައިވާތީ އެވެ.
 ރ. އިހުގެ ސަގާފަތަށް ބަލާއިރު ލިބާސްލާ ދުވަހު ފައިތިލަ ލޮނުގައި ބީއްސާލުމަށްފަހު އެއްގަމަށް އަރާއިރު ހުންނަނީ ކޮންމެވެސް މީހަކަށް އަންހެން ކުއްޖާ ރުހުންދީ ފަ އެވެ.
ބ. މި ލަވައިގައި އިހުޒަމާނާއި މިޒަމާނުގެ ޒުވާނުންގެ ހުރި ތަފާތުތަކާއި ފުރުޞަތުތަކުގެ ވާހަކަތައް ހުށަހަޅާދީފައިވެ އެވެ.

3. ފުރާވަރު މި ލަވަ ކިޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
ހ. އިހުގައި އަންހެން ކުދިން ލިބާސް ލެއްވުމައި އިރުވަރު ބަލައިކަން  ދޭހަވާ ބައިތު ލިޔެދޭށެވެ.
ށ. "ބިނާކޮށް ހެޔޮލަފާގޮތްތައް އުޅެންވީ ރީތި މަގުހޯދާ" މި ބަހުގެ މާނައަކީ ކޮބައި؟
ނ. "ކުރިންވީ ގޮތްތަކަށް ބަލަމާ" މި ބަހުގައި "ކުރިންވީގޮތް" އެ މާނަ ކުރަނީ ކޮންގޮތަކަށް؟
ރ. "ތިމާ ވެށި ކޮށްޓަކަށް ލެވިދަނީ" މި ބަސްކޯޅީގައި ބުނާވާހަކަތައް ތަފްސީލްކޮށްދޭށެވެ.
ބ. ޒަމާނުގެ ފަތްފުށްތަކަށްބަލާއިރު ފުރުޞަތުތަކެއް ނެތީމަ އޭރުގެ ޒުވާނުންގެ ދިރިއުޅުން ހުންނަގޮތް ފަހު ތިންބައިތުގައި ބުނެދީފައިވެ އެވެ. އެ ކަންތައްތައް 3 ފޮޅުވަތާއި 5 ފޮޅުވަތާ ދެމެދަށް ފައްތައިގެން ލިޔެދޭށެވެ.
ޅ. ތިރީގައިވާ ލަފުޒުތަކުގެ މާނަ ލިޔެދޭށެވެ.
ފުރާވަރު:
އިރުވަރު:
ތިންގަނޑެތި:
މަލާފަތް:
ކ. "ފުރާވަރު" މި ޅެމުގައި ހިމެނޭ ބައިތުތަކުން އެ ކުއްޖަކު ބޭނުން ބައިތެއްގެ ޝަރަޙަ ލިޔެދޭށެވެ. ޝަރަހައިގެ ދިގުމިން 7 ފޮޅުވަތަށްވުރެ ކުރު ނުކުރާށެވެ. އަދި 9 ފޮޅުވަތަށްވުރެ ދިގުނުކުރާށެވެ. ޝަރަހަ ލިޔާނީ ބައިތު ލިޔުމަށްފަހުގަ އެވެ.